ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހަޅި ފަރާތްތަކުގެ މުރާޖައު ކޮށްފައިވާ ލިސްޓު އާންމުކުރުން

                                              ނަންބަރު: HDC(161)-MKS/IU/2023/60

 

                                އިޢުލާން

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 'ވިނަރެސް' ހައުސިންގ މަޝްރޫޢިން އެޕާރޓްމަންޓް ގަތުމަށް ހުޅުވާލެވުނު ފުރުޞަތާއި ގުޅޭ:

ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހަޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރުމަށް މިކޯޕަރޭޝަނުން ކޮށްފައިވާ ނަންބަރު: HDC(161)-MKS/IU/2022/511 (27 ނޮވެމްބަރު 2022) އިއުލާނު އަދި މި ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކުރުމަށް ކޮށްފައިވާ ނަންބަރު: HDC(161)-MKS/IU/2022/514 (28 ނޮވެމްބަރ 2022) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިއުލާނުން ޝާއިއުކޮށްފައިވާ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކައް ބެލުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖައު ކޮށްފައިވާ ލިސްޓު މިއިއުލާނާއި އެކު ޝާއިއުކޮށްފައިވާނެއެވެ. އަދި ދަންނަވަމެވެ. ޝާއިއުކޮށްފައިވާ ލިސްޓްގައި ސީލައިފް، ހިޔާ، އަދި ގުޅީފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާއި އެކުއެވެ. ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް  ގަތުމުގެ ފުރުސަތު ކަމުގައި ދަންނަވަމެވެ. އެހެންކަމުން، މި ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމުގައި ދަންނަވަމެވެ.

'ވިނަރެސް' ހައުސިންގ މަޝްރޫޢިން އެޕާރޓްމަންޓް ގަތުމުގެ ދެންކުރިއަށް އޮތް މަރުހަލާއަކީ، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔައްތުކަން ބެލެމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާއެވެ. އަދި މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ފީ ނެގުމާއި 'ވިނަރެސް' އެޕާޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް މިކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ.

އެޕާޓްމެންޓު އިހްތިހިޔާރު ކުރުމަށްފަހު ލީސް-ޓު-އޯން އަދި ފުލް ޕޭމަންޓަ މޮޑެލް ހިޔާރުކޮށްފައިވާ ފަރާތްތަކަށް މިކޯޕަރޭޝަނުން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ގާބިލިޔަތުކަން ކަށަވަރު ކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދެވޭނެއެވެ. އަދި، މިޕޭމަންޓަ މޮޑެލްތައް ހިޔާރުކުރެއްވި ފަރާތަކަށް 'ވިނަރެސް' އެޕާޓްމެންޓު ކަށަވަރުވާނީ، ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު މިކޯޕަރޭޝަނުން މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ޤާބިލުކަން ފުރިހަމަވާކަން ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުންނެވެ.

މީގެއިތުރުން، އެންޑް ޔޫސަރ މޮޑެލް ހިޔާރު ކޮށްފައިވާ ފަރާތްތައް ބުކިންގ ފީ ދައްކާ އެޕާޓްމަންޓް އިހްތިޔާރުކުރުމުގެ މަރުހަލާ ނިމުމުން، މާލީ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާއި މިކޯޕަރޭޝަނުން ހިއްސާ ކުރާނެއެވެ. އަދި މިޕޭމަންޓަ މޮޑެލްގެ ދަށުން 'ވިނަރެސް' އެޕާޓްމެންޓު ކަށަވަރުވާނީ، މާލީ އިދާރާއަކުން ލޯނު ހަމަޖެހުނުކަމުގެ ލިޔުން މިކޯޕަރޭޝަނަށް ހުށަހެޅުމުންނެވެ.

އެހެންކަމުން، މިކަމާ ގުޅޭގޮތުން ލިސްޓުގައި ލިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން 3353535 ނަންބަރުން މިކޯޕަރޭޝަނުން ގުޅާނެކަމުގައި ދަންނަވަމަވެ.

އަދި، މި ނަންބަރުގެ އިތުރުން މިކޯޕަރޭޝަނުން އެއްވެސް މޯބައިލް ފޯނު ނަންބަރަކުން ވިނަރެސް ހައުސިންގް މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމުގައި ދަންނަވަމެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން އެސް.އެމް.އެސް ނުވަތަ އެއްވެސް ލިންކެން ނުފޮނުވާނެ ކަމުގައިވެސް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޯޕަރޭޝނުގެ ހޮޓްލައިން ނަންބަރ 1516 އަށް ގުޅުއްވުމަށް އެދެމެވެ.

                                       11 ރަޖަބް 1444ހ

                                       2 ފެބްރުއަރީ 2023މ

02 ފެބުރުވަރީ 2023
ހޯދާ