މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯރެޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ލެބޯރެޓަރީ އަދި  ޕޯރޓިކޯ ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:) (IUL)23-PD(PMS)/23/2023/2423 ޖަނަވަރީ 2023 ) އިޢުލާނާ ގުޅިގެން ދީފައިވާ މައުލޫމާތު ކަރުދާހަށް ބަދަލު ގެނެސްފައިވާތީ، މައުލޫމާތު ކަރުދާސް އިސްލާހު ކުރުމަށްފަހު، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހު ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

02 ފެބުރުވަރީ 2023
ހޯދާ