ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ
ދިވެހިރާއްޖެ
އިޢުލާން
އެދުރުހިޔާ އާއި އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލް އިޞްލާޙު ކުރުމަށްފަހު ގެޒެޓްކުރުން :
އެދުރުހިޔާ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލް އާއި، އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލް އިޞްލާޙު ކުރުމަށްފަހު މިއަދުން ފެށިގެން ގެޒެޓްކޮށް، މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި ޝާއިޢު ކޮށްފީމެވެ. މި 2 އުސޫލް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑްގައި ވެސް ބެހެއްޓިފައި ވާނެއެވެ.
މި ދެންނެވި އުޞޫލުގައި، ފްލެޓަށް އެދި ކުރިމަތިލެވޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ ގޮތާއި، ފްލެޓަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްޞީލް ބަޔާންކޮށްފައި ވާނެއެވެ.
