މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ހއ. ދިއްދޫގައި ބާއްވާ އިމާމް ވޯކްޝޮޕަށް ކޭޓަރިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން ހއ. ދިއްދޫގައި ބާއްވާ ހއ. އަތޮޅުގެ އިމާމުންނާއި ޚަތީބުން އަދި މުދިމުންނަށް ބާއްވާ ތަމްރީނު ޕްރޮގްރަމުގެ ބައިވެރިންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް މެއިލްމެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ފެބްރުވަރީ 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/gPSJkVf3r3

މިއިޢުލާނާއިގުޅޭ ބިޑު ބަލައިގަތުން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށްވާތީ، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މަޢުލޫމާތު ކަރުދާސް ފޯރުކޯށްދޭ ދުވަހުން ފެށިގެން 2023 ފެބްރުވަރީ 13 ވާ ހޯމަ ދުވަހުގެ 14:00އާއި ހަމައަށް އޮންނާނެއެވެ.

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 ފެބްރުވަރީ 12 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239،3020210 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

01 ފެބުރުވަރީ 2023
ހޯދާ