ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ހިތަދޫ ކެމްޕަސް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552.92 ރުފިޔާ

ޢިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

- ސްޓާފް ހެލްތު އިންޝުއަރެންސް ( 3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

ރަސްމީ ގަޑި:

މެންދުރުފަހު 13:00 އިން 19:00 އަށް

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން
  2. ދަރިވަރުންނާއި ގުޅޭ އެކަޑަމިކް މަސައްކަތްތައް ކުރުން
  3.  ރަށުންބޭރުން އަންނަ ދަރިވަރުންނާއި މެހުމާނުން ރިސީވްކުރުމާއި އެކޮމަޑޭޝަން އަދި ދަތުރު ފަތުރު ހަމަޖެއްސުން.
  4. އިދާރީ މުވައްޒަފަކު ޗުއްޓީއަށްދާނަމަ އެމުވައްޒަފެއްގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ކުރުން.
  5. ރިސެޕްޝަނުގައި ޑިއުޓީއަދާކުރުމާއި ރިސެޕްޝަނުންދޭންޖެހޭ ޙިދުމަތްދިނުން.  
  6. ނުރަސްމީގަޑިތަކުގައި އޮފީސް ހުޅުވަންޖެހޭ ވަގުތު ތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  7. ދަނާލްގައި ދިރިއުޅޭ ދަރިވަރުންނަށް އެތަނުންލިބެންވާ ހިދުމަތްތަށްލިބޭތޯބަލައި ދަރިވަރުންގެޝަކުވާތަށް ހައްލުކޮށްދިނުން.
  8. އެޑްމިނިސްޓްރޭޓިވްއޮފިސަރ ޗުއްޓީއަށް ދިޔުމުން ސިޓީ ލިޔުމާއި އެންޓްރީ ކުރުން ފަދަ ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްކުރުން.
  9. އޮފީހުގައި ދުވަހުންދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަށް ކުރުން.

10. ފަންކްޝަންތަކާއި ސެމިނަރތަކާއި ގުޅޭ މަސައްކަތްތައް ކުރުން.

11. ވަޒީފާއާއިގުޅޭގޮތުން ކެމްޕަސްމެނޭޖަރ ހަވާލުކުރާ މިނޫންވެސްއެހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2023-21-HC

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި "ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަންބަރު ފޯނަށެވެ.
01 ފެބުރުވަރީ 2023
ހޯދާ