ދިވެހިރާއްޖެ
ކ.ގުޅީ ކައުންސިލުން މިސްކިތުގެ އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރު: 336/336/2022/10(IUL) ) އަށް ހުށައެޅި އަންދާސީ ހިސާބު ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވުމާއި ގުޅިގެން، އެއިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ތާރީޙް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ.ގުޅީ ކައުންސިލް އިދާރާ  | 
 06 ފެބްރުއަރީ 2023  | 
 ހޯމަ  | 
 10:30  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 ކ.ގުޅީ ކައުންސިލް އިދާރާ  | 
 09 ފެބްރުއަރީ 2023  | 
 ބުރާސްފަތި  | 
 10:30  | 
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 1 ފެބްރުއަރީ 2023 ން 08 ފެބްރުއަރީ 2023 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ.
