ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
މި ޑިޕާޓްމަންޓުން ކުރި އިޢުލާން ނަންބަރު: IUL)222-HMC/1/2014/12) ގައި ވަނީ 08 ޑިސެންބަރު 2014 ވަނަ ދުވަހު މަޢުލޫމާތު ސާފުކޮށް 11 ޑިސެންބަރު 2014 ގައި އަންދާސީހިސާބު ހުށަހެޅުމަށެވެ. ނަމަވެސް މާލެއަށް ދިމާވި ފެނުގެ ކާރިސާ އާއި ގުޅިގެން ޑިސެމްބަރ 07 އިން 11 އަށް ސަރުކާރު ބަނދުކޮށްފައިވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރަމެވެ.
ހއ. އުތީމު ގަނޑުވަރުގެ ދިދަދަނޑި އަމިއްލަ ތަކެތީގައި، މި ޑިޕާޓްމަންޓްގެ ލަފާއާ އެއްގޮތްވާ ގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު | ބުރާސްފަތި | 18 ޑިސެންބަރު 2014 | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު | އާދީއްތަ | 21 ޑިސެންބަރު 2014 | 10:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
22 ޞަފަރު 1436
 
                    