އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މިރަށު ދެފަށްތޮށިން 1000 އަކަފޫޓްގެ 1 ބިމުގައި  (ތެޔޮ ބިން 1) ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާގުޅިގެން މިކައުންސިލްގެ ނަމްބަރު (IUL)342/INDIV/2022/124 (26 ނޮވެމްވަރު 2022) ކޮށްފައިވާ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިދެންނެވިފޯމް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. މެއިލް ކުއްރައްވާނަމަ، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ. ނަމަވެސް އަމިއްލަ ފަރުދަކަށް ބިޑް އެވޯޑް ވެއްޖެނަމަ، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ. ނުވަތަ އަމިއްލަ ފަރުދެއްނަމަ، އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
  • މި ބީލަން ބައްލަވާ ގަނެވޭނީ -/1000 ރުފިޔާއަށެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަން ބައްލަވާ ގަންނަ ފަރާތްތަކަށެވެ.
  • މަތީގައި ދެންނެވިފައިވާ ނަމްބަރު އިޢުލާނާ ގުޅިގެން ކުރިން ބީލަމަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކުން އަލުން މިބީލަމަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 07 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

     

             މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              04 ރަޖަބު 1444

              26 ޖަނަވަރީ 2022

26 ޖަނަވަރީ 2023
ހޯދާ