ދިވެހިރާއްޖެ
ފެމެލީ ކޯޓު ކައިވެނި ސެކްޝަން ހިންގަމުންދާ ޢިމާރާތުގެ ފުރާޅު ނަގައި، ޢިމާރާތުގެ މުޅި ފުރާޅު އެއްފުރާޅަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 02 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި ފެމެލީ ކޯޓު – ވަރި ކައިވެނި ސެކްޝަން (ހެންވޭރު ބިލްޑިންގ) ގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް 07 ފެބްރުއަރީ 2023 ވަނަދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
ނޯޓް: ގެޒެޓުގައި މަޢުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ރަޖަބު 1444