ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޟަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ ބައިވެރިވުމުގެ ފުރުޞަތު

ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ޕްލޭން އަދި 2022 ވަނަ އަހަރު މަސައްކަތު ޕްލޭންގައި ހިމެނިފައިވާ ބޮޑެތި މީހުންގެ ތައުލީމް އަދި ފަންނީ ފެންވަރު މަތިކުރުމާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަދެއްވާފައިވާ ކޯސްތަކުގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯސް14  ފެބްރުއަރީ 2023 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގެ ކިޔެވުން އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ކަނޑައެޅޭ ދުވަސްތަކުގެ ރޭގަނޑުއެވެ.

މިކޯސްތަކަށް ބައިވެރިން ހޮވުމުގައި އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި  މިއުމުރުފުރައަށް (16 އަހަރާއި 35 އަހަރާ ދެމެދުގެ) ފަރާތްތަކަށް ކޯސްފީ ހިލޭ ލިބުމުގެ އިތުރުން -/2000 ރުފިޔާގެ އެލެވެންސްއެއް ލިބިލައްވާނެއެވެ. އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކުން ބައިވެރިވާނަމަ ކޯހަށް އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގެ ފަރާތުން ކަނޑައަޅާފައިވާ ފީ އަމިއްލަފުޅަށް ދައްކަވަން ޖެހޭނެއެވެ. އަދި އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް އެލަވެންސް ލިބި ނުލައްވާނެއެވެ.

ވީމާ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 05 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯހަށް ވަނުމަށް އެދޭ އެޕްލިކޭޝަން ފޯމް އަދި ލިޔުންތައް [email protected] އީ-މެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓުން ލިބޭންހުންނާނެއެވެ.

26 ޖަނަވަރީ 2023
ހޯދާ