މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Russian Government Scholarship 2023/2024

Russian Government Scholarship 2023/2024

2  ފުރުޞަތު

 ކޯހުގެ ފުރުޞަތު :

ކޯހުގެ ދާއިރާ ތަކުގެ މަޢުލޫމާތު: https://education-in-russia.com  އިން ލިބެން ހުންނާނެއެވެ

ކޯހުގެ ދާއިރާ:

ރަޝިއާ

ޤައުމު

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް:

މާސްޓަރސް ޑިގްރީ

1. ހުށަހަޅުއްވާ ކޯހަކާއި ގުޅޭ ދާއިރާ އަކުން ބެޗްލަރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

2. ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން

3. ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމަންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމަންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމަންޓާ ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމަންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމަންޓް ހުށަހަޅަން ވާނެއެވެ.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

 

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި:

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާޕޭޖްގެ ކޮޕީ.

5. މެޑިކަލް ސެޓްފިކެޓް (ނޮމިނޭޓްވުމުން ހުށަހެޅުމަށް)

6. ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

 

- މި ސްކޮލަރޝިޕަށް ހޮވޭ ކެނޑިޑޭޓުގެ ކޯސްފީ ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ކެނޑިޑޭޓު އަމިއްލައަށެވެ.

- މި ސްކީމްގެ ދަށުން ހަމަޖެހޭ ކޯސްތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ ރަޝިއާ ބަހުންނެވެ. އަދި ކޯސް ފެށުމުގެ ކުރިން ރަޝިއާ ބަސް 1 އަހަރު މުއްދަތައް ކިޔެވުމުގެ ފުރުޞަތު ދަރިވަރަށް ލިބޭނެއެވެ.

-މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، https://education-in-russia.com/ ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ. އަދި ރެޖިސްޓަރ ކުރުމަށްފަހު ރެޖިސްޓަރޭޝަން ނަމްބަރު މި މިނިސްޓްރީ އާއި ހިއްސާކުރަން ވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު https://education-in-russia.com/ ވެބްސައިޓުންނާއި މި އިޢުލާނާއެކު އެޓޭޗްކޮއްފައިވާ މަޢުލޫމާތު ޝީޓާއި، އެނެކްސް 1 އިން ލިބޭނެއެވެ.

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 8 ފެބްރުއަރީ 2023 ވާ ބުދަ ދުވަހު 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި  3026910 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

26 ޖަނަވަރީ 2023
ހޯދާ