މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ހިޔާ ކުއްޔަށް ދިނުން

މިއިދާރާގެ "ދަތުރު ހިޔާ" ޢިމާރާތް ދިގު މުއްދަތަކަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ކުއްޔަށްހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތުކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ. މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ‏2023‏ ފެބުރުވަރީ 01 ވާ ބުދަދުވަހުގެ ހެނދުނު 10:45ގައި މިއިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ ފެބުރުވަރީ 08ވާ ބުދަ ދުވަހުގެ 10:45ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ.

26 ޖަނަވަރީ 2023
ހޯދާ