މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމުގައި ޒޯން 1، 3 އަދި ޒޯން 5 އަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީގެ އަތޮޅުތެރޭގެ ފެރީ ނިޒާމުގައި ޒޯން 1، 3 އަދި ޒޯން 5 އަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

1 ފެބްރުއަރީ 2023

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

8 ފެބްރުއަރީ 2023

ބުދަ

11:00

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

26 ޖަނަވަރީ 2023
ހޯދާ