ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ
އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 500 ގޯއްޗެވެ.
| 
 ކެޓަގަރީ A  | 
 އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ރައްޔިތުންނަށް  | 
 90% (450 ގޯތި)  | 
| 
 ކެޓަގަރީ B  | 
 ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް  | 
 10% (50 ގޯތި)  | 
ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު، 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހިތަދޫ އަވަށު އޮފީހުންނެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯނު މެދުވެރިކޮށް މިއިދާރާއާ ގުޅުއްވުން އެދެމެވެ.
| 
 އައްޑޫސިޓީ ކައުންސިލްގެ އިދާރާ  | 
 6885003  | 
|
| 
 ހިތަދޫ އަވަށު އޮފީސް  | 
 6885753  | 
މި އިޢުލާނާއެކު ތިރީގައިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
 - އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު
 - ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
 - ލިބިފައިވާ، އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
 - ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
 
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
03 ރަޖަބު 1444
25 ޖަނަވަރީ 2023
