ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު މަޑަވެލީގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކަމަށް 12 ޖެނުއަރީ 2023 ގައި ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)416-ESMSPR/416/2023/2 އިޢްލާނަށް ބަދަލު ގެނެސް އިޢްލާން ކުރުމަށްޓަކައި، އެ އިޢްލާން ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

1444 ވަނަ އަހަރު މަޑަވެލީގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

1444 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޙާފިޡަކު ގެނެސްދޭނެކަން ބަޔާންކޮށް، ޙާފިޡު ގެނައުމާއި ފޮނުވުމުގެ ޚަރަދު އެގޭގޮތަށް، މަޑަވެލީ ކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2023
ހޯދާ