ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުން

މިކައުންސިލުން ފޮނަދޫ ބަނދަރުގެ ދެކުނުފަޅީގައު ހަދާފައިވާ ލޯކަލް މާރކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ '10×'20 ގެ 8 ގޮޅިއެވެ. ވީމާ، ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގު އަދި ކުއްޔަށް ދޫކުރާ މުއްދަތު:

  • ގޮޅިއެއްގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކު 500.00ރ އެވެ.
  • ގޮޅި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 5 އަހަރު ދުވަހަށެވެ.

ހުށަހަޅާ ބީލަންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ހުށަހަޅާ ފަރާތަކީ ފޮނަދޫގެ ރަށްވެއްސެއްނަމަ: 10 މާކްސް
  • ހުށަހަޅާ ކުއްޔަށް: 90 މާކްސް (އެންމެ މަތިން ހުށަހަޅާ ފަރާތަކަށް ފުލްމާކްސް އަދި އެއީ ބެންޗްމާކް ކަމަށް ބަލައިގެން އެހެން ފަރާތްތަކަށް މާކްސް ދޭގޮތަށް)

ބީލަމުގައި ރަޖިސްޓްރީވުން:

  • ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ހުށަހަޅާ ކޮންމެ ގޮޅިއަކަށް ވަކިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ ބީލަން ހުށަހަޅާ ކޮންމެ ގޮޅިއަކަށް -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 30 ޖެނުއަރީ 2023 (ހޯމަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/71Weef6JR3VF1PXk8

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދިނުމާބެހޭ އުޞޫލް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mvއިން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected]އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 06 ފެބުރުއަރީ 2023 (ހޯމަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 06 ފެބުރުއަރީ 2023 (ހޯމަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
22 ޖަނަވަރީ 2023
ހޯދާ