ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮނަދޫ ނައިޓް މާކެޓް – 2023 ބޭއްވުން

މި ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ފުރަތަމަ ނައިޓް މާކެޓް 'ފޮނަދޫ ނައިޓް މާކެޓް – 2023' އަންނަ މާރިޗު މަހުގެ 02 އިން 06 އަށް ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ފޮނަދޫ ބަނދަރުގެ ދެކުނު ފަރާތުން ސްޓޭޖް ސަރަހައްދުގައެވެ. މި ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބެހެއްޓުމަށް ދޫކުރެވޭނީ '20×'20 ގެ ގޮޅިއެވެ.ނައިޓް މާކެޓްގައި ސްޓޯލް / މޭޒް ބަހައްޓަން ސައުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބަހައްޓަން އެދޭ ފަރާތުގެ ޝަރުޠު ތައް

  • ލ. ފޮނަދޫގެ އެޑްރެހެއްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތައް
  • ލ. ފޮނަދޫގައި ވިޔަފާރި އެކްޓިވިޓީއެއް ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތައް

ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބެހެއްޓޭނެ ޢަދަދާއި އަގު

  • މި ނައިޓް މާކެޓްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސްޓޯލް / މޭޒެވެ. ސްޓޯލް / މޭޒު ހުށަހަޅާ ތަރުތީބުންނެވެ.
  • ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބެހެއްޓުމުގެ ފީ އަކީ ކޮންމެ މޭޒަކަށް 1،500.00ރ (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ފޯމް ހުށަހަޅާފައިވާ ތަރުތީބުން އިތުރު ފަރާތަކަށް ފުރުޞަތު އެރެވޭނެއެވެ.

ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބެހެއްޓުމަށް އެދޭނެ ގޮތް

  • މި ނައިޓް މާކެޓްގައި ސްޓޯލް / މޭޒު ބެހެއްޓުމަށް އެދޭނީ ތިރީގައި މިވާ ގޫގްލް ފޯމް އިންނެވެ.

-          ފޯމް: https://forms.gle/5HtfEXFuET3ffZfh6

ނައިޓް މާކެޓާއި ގުޅޭ ތާރީޚް ތަކަޢި ސްޓޯލް / މޭޒު ބެހެއްޓުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑި

  • ނައިޓް މާކެޓް ބާއްވާ މުއްދަތު: 02 މާރިޗު 2023 އިން 06 މާރިޗު 2023 އަށް (05 ދުވަސް)
  • ނައިޓް މާކެޓް އޮންނަ ގަޑި ތައް: 20:00 އިން 0:00 އަށް (ރޭގަނޑު)
  • ސްޓޯލް / މޭޒު ބެހެއްޓުމަށް އެދޭ ފޯމް ހުށަހެޅުން: 23 ޖެނުއަރީ 2023 އިން 30 ޖެނުއަރީ 2023 ގެ އޮފީސް ބަންދުވުމާއި ހަމައަށް
  • ސްޓޯލް / މޭޒު ބެހެއްޓުމުގެ ފީ ދެއްކުން: 05 ފެބުރުއަރީ 2023 ގެ 13:00 ގެ ކުރިން
22 ޖަނަވަރީ 2023
ހޯދާ