ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)

މަޤާމް :ކޮމްޕިއުޓަރ ޓެކްނީޝަން (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)
ބޭނުންވާ އަދަދު :1

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3064.83ރުފިޔާ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

މަގާމުގެ ޝަރުތު:

 1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ،
 2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
 3. އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 1. އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތަކާއި އެއާގުޅޭ ހުރިހާ ސާމާނެއް ބަލައި ޗެކްކޮށް އޭގެ މެއިންޓަނަންސްގެ މަސައްކަތް ކުރުން.
 2. ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެއާ ގުޅޭ ސާމާނުގެ ވަކި އިންވެންޓްރީއެއް ތައްޔާރުކޮށް އެއަށް އަންނަ ބަދަލުތައް ގެނެސް ގަވާއިދުން ބެލެހެއްޓޭތޯ ބެލުން.
 3. ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ޓެކްނިކަލް އަދި ހާޑްވެއަރ އާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކޮށް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
 4. ކިޔަވައިދިނުމާއި އަދި އިދާރީ ބޭނުންތަކަށް ފަހިވާނެހެން ކޮމްޕިއުޓަރުތަކާއި އަދި ކޮމްޕިއުޓަރު ނެޓްވާރކް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
 5. ކޮމްޕިއުޓަރު ލެބްތައް ކިޔަވައިދިނުމަށާއި އަދި ދަރިވަރުންގެ ބޭނުންތަކަށް އަބަދުވެސް ތައްޔާރީ ހާލަތެއްގައި ދެމެހެއްޓުން.
 6. ނެޓްވާރކަށް ދިމާވާ މައްސަލަތައް ބަލައި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވަގުތުން ޙައްލުތައް ހޯދުން.
 7. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލަހައްޓައި ފަންނީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
 8. ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ އަދި މިފަދަ ސޮފްޓްވެއަރތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހޯދާ އެ ތަކެތި ފެކަލްޓީގައި ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސެވުން.
 9. ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ދެނެގަނެ އެފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
 10. ފަންނީ މުވައްޒަފުންނާއި އަދި އިދާރީ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތް ކުރުން.
 11. މިނޫންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 • 2023 ޖަނަވަރީ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
 • https://tinyurl.com/MNUHR-2023-010   

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
 • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
 • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
 • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

 • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
22 ޖަނަވަރީ 2023
ހޯދާ