ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަމު ކައުންސިލް އިދާރާއާއި އިޖުތިމާއީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ގަމު ކައުންސިލް އިދާރާއާއި އިޖުތިމާއީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކުން 24 ޖަނަވަރީ 2023 ގެ 12:00  ކުރިން ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު [email protected] އަށް މެއިލް ކުރެއްވުންއެދެމެވެ. އަދި ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓުރީ ވާ ފަރާތަކަށް 24 ޖަނަވަރީ 2023 ގެ 13:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެން

19 ޖަނަވަރީ 2023 އިން 24 ޖަނަވަރީ 2023 އަށް

12:00 އަށް

2

ބީލަމުގެ މަޢުލޫމާތު ދިނުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

24 ޖަނަވަރީ 2023

14:00

3

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

30 ޖަނަވަރީ 2023

13:00

       އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ.

ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

19 ޖަނަވަރީ 2023
ހޯދާ