ދިވެހިރާއްޖެ
ނިއުރޭޑިއެންޓް ސްޕޯރޓްސް ކްލަބްގެ އެކަޑަމީ އާއި ގުޅޭ
ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭންގެ ދަށުން "ނިއުރޭޑިއެންޓް ސްޕޯރޓްސް ކްލަބްގެ" ފަރާތުން އެކަޑަމީ ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރޭގައި ގދ. މަޑަވެލި ވަނީ ހިމެނިފައެވެ. އެގޮތުން ގދ. މަޑަވެލީގެ ކުދިންނަށް އަމާޒްކޮށްގެން (under 7, under 9, under 12, under 14, under 16) ފެށުމަށް ހަމަޖެހިފައިވާ އެކަޑަމީ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. މީގެއިތުރުން އެކަޑަމީ ހިންގަން ފެށުމުގެ ކުރިން، އެކަޑަމީއަށް ބޭނުންވާ އިކުއިޕްމެންޓްސް (ސާމާނު) ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ "ނިއުރޭޑިއެންޓް ސްޕޯރޓްސް ކްލަބްގެ" ފަރާތުންނެވެ.
"ނިއުރޭޑިއެންޓް އެކަޑަމީ"ގެ ބައިވެރިވާ ކުދިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ މަހަކު -/300ރ (ތިންސަތޭކަ ރުފިޔާ)އެވެ. އަދި، އެޕްލިކޭޝަން ފޯމާއެކު އަލަށް ވަންނަ ކުއްޖެއްގެ އަތުން، އެކަޑެމީ ކިޓް ފީގެ ގޮތުގައި، ނެގުމަށް ގަސްތުކޮށްފައިވަނީ މަހަކު -/300ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ވީމާ،"ނިއުރޭޑިއެންޓް އެކަޑަމީ"ގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ކަމުގައި ދަންނަވަމެވެ. މި ޢިއުލާނާއެކު "ނިއުރޭޑިއެންޓް އެކަޑަމީ"ގެ ޖާރޒީކިޓް އާންމުކޮށްފައިވާނެއެވެ.
ވީމާ، މިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.