ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

ކެންސަރ ހޮސްޕިޓަލް އަޅަން ސަރުކާރުން ހަމަޖެފައިވާ ބިމުގައި މި އިދާރާއިން  ނަންބަރު ޖަހާފައިވާ އެކިވަރުގެ ދިވެހި ރުކާއި، ފުނަ ގަހާއި، ބަނބުކެޔޮ ގަސްތަކުގެ ވެރިން ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، އެބިމުގައިހުރި ރުއްގަހުގެ ވެރިން އެ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށް ޓަކައި މި އިދާރާއިން ދޫކުރާ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 16 ފެބްރުވަރީ 2023 ގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު މިއިދާރާގެ ވެބްސައިޓް www.gan.gov.mv އިން ޑަވްންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މިބިން އޮންނާނީ ގަމުރީޖަނަލް ހޮސްޕިޓަލްގެ ގޯތީގެ އިރުން ހިމެނޭ ސަރަހައް ދެވެ.

16 ޖަނަވަރީ 2023
ހޯދާ