ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2023/15
ވަޒީފާގެ ފުރުޞަތު
ދ.މީދޫ އައު އިންޖީނުގެ މަޝްރޫޢު އަދި އަފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމުށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (4 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.
|
ލޭބަރ (ސްކިލްޑް) |
މަޤާމު: |
|
08 (އަށެއް) |
ބޭނުންވާ އަދަދު: |
|
ދ.މީދޫ |
މަސައްކަތް ކުރަންޖެހޭތަން: |
|
5550ރ. (ފަސްހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
|
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
|
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
|
މުސާރައިގެ 20 |
އިތުރުގަޑީގެ އެލަވަންސް: |
|
(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ށ) ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ނ) ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
|
(ހ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން. |
މަސްއޫލިއްޔަތު: |
|
(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު. (ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް. (ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ. |
މަސައްކަތުގެ މާހައުލު:
|
|
ލޭބަރ (ނޮން ސްކިލްޑް) |
މަޤާމު: |
|
10 (ފަހެއް) |
ބޭނުންވާ އަދަދު: |
|
ދ.މީދޫ |
މަސައްކަތް ކުރަންޖެހޭތަން: |
|
4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
|
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
|
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
|
މުސާރައިގެ %20 |
އިތުރުގަޑީގެ އެލަވަންސް: |
|
(ހ) ސިއްޚަތު ސަލާމަތުން ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅުން. |
ފެންވަރު ނުވަތަ ޝަރުތު: |
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
|
02 (ދޭއް) |
ބޭނުންވާ އަދަދު: |
|
ދ.މީދޫ |
މަސައްކަތް ކުރަންޖެހޭތަން: |
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) |
މުސާރައާއި އިނާޔަތްތައް: |
|
މުސާރައިގެ %45 |
ސަރވިސް އެލަވަންސް: |
|
މުސާރައިގެ %35 |
ޙާޟިރީ އެލަވަންސް: |
|
މުސާރައިގެ %20 |
އިތުރުގަޑީގެ އެލަވަންސް: |
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބް ސައިޓުންނާއި ހެޑް އޮފީހުން (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
25 ޖުމާދަލްއާޙިރާ 1444
17 ޖަނަވަރީ 2023
