އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންސިލް އިދާރާގެ ގޯތީގައި ނޯޓިސް ބޯޑެއް ހެދުމާއި ގުޅޭ

އިޢުލާން

މި އިދާރާގެ ގޯތި ތެރޭގައި ނޯޓިސް ބޯޑެއް ހެދުމާއި ގުޅޭ

 

 

 

 

 

      މި އިދާރާގެ ގޯތި ތެރޭގައި ނޯޓިސް ބޯޑެއް ހަދައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތައް ބިޑް ރަޖިސްޓްރީކޮށް މަޢުލޫމާތު ސާފުކުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދި ދެންނެވީމެވެ.

 1. 1.                މަޢުލޫމާތު ދިނުމުގެ ބައްދަލުވުން   

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑް ރަޖިސްޓްރަ ކޮށްފައިވާ ކުންފުނިތަކަށެވެ.

 1. 2.              ބިޑް ރަޖިސްޓްރޭޝަން
 • 2023 ޖަނަވަރީ 22 ވަނަ ދުވަހުގެ 12:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރަންވާނީ މި ކައުންސިލްގެ މެއިލް [email protected] އަށް ތިރީގައި މި ދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.
 • ވިޔަފާރީގެ ނަން
 • ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ
 • ވެރިފަރާތުގެ ނަން
 • ވެރިފަރާތާއި ގުޅޭނެ ނަމްބަރ
 • އީމެއިލް އެޑްރެސް
 1. 3.               އަގު ހުށަހަޅަންވީ ގޮތް
 2. ބިޑް ހުށަހަޅުން އޮންނާނީ 2023 ޖަނަވަރީ 26 ވާ ބަރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.   
 3. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 4. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
 5. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލަޔެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ އަދި ތިރީގައި އެޑްރެސް ކުރެވިފައިވާ ގޮތައް އެޑްރެސް ކުރެވިފައި ހުންނަންވާނެއެވެ.

" ހިމަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ނޯޓިސް ބޯޑެއް ހެދުމާއި ގުޅޭ "

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ

އއ.ހިމަންދޫ / ދިވެހިރާއްޖެ

 

 

 

 

 1. 4.                   ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 2. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 3. ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
 4. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )

 

5.     ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު 90%

-          މުއްދަތު 5%

-          ތަޖުރިބާ 5%

 

 1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
 3. އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ ދިގު ވޮރަންޓީމުއްދަތު ވޮރެންޓީ ބެންޗްމާރކްގެ ގޮތުގައި ބެލޭނެއެވެ.  
 4. ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
 5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

 

6.    އިތުރު މަޢުލޫމާތު ސާފުކުރުން  

 1. ވިޔަފާރީގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތެއްގެ ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
 2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2023
ހޯދާ