ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

އަމިއްލަ ތަކެތީގައި ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތް އަދި ގދ. މަޑަވެލި މަސްޖިދުއްތަޤްވާ މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 'އަގު ހުށަހަޅާ ފޯމު' ފުރިހަމަކޮށް، 26 ޖެނުއަރީ 2023ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް އަގު ހުށަހަޅާ ފޯމު މެއިލްކޮށް ދެއްވުން އެދެމެވެ.

 

1) ނޮވިލޯން އެޅުމާއިބެހޭ މަޢުލޫމާތު:

 

1.1) ގދ. މަޑަވެލި 'މަސްޖިދުލްބަރަކާތު' މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅަން ބޭނުންވާ ސަރަޙައްދުގެ މިންތައް:

  • މިސްކިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް) '65 ފޫޓް
  • މިސްކިތުގެ އެތެރޭގެ ދިގުމިން (ޤިބްލައަށް) '54 ފޫޓް
  • މިޙްރާބުގެ: ޤިބްލައަށް '6 ފޫޓް، ފުޅާ '5 ފޫޓް

 

1.2) ގދ. މަޑަވެލި 'މަސްޖިދުއްތަޤްވާ' މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅަން ބޭނުންވާ ސަރަޙައްދުގެ މިންތައް:

  • މިސްކިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް) '25 ފޫޓް
  • މިސްކިތުގެ އެތެރޭގެ ދިގުމިން (ޤިބްލައަށް) '39 ފޫޓް
  • މިޙްރާބުގެ: ޤިބްލައަށް '6 ފޫޓް، ފުޅާ '5 ފޫޓް (ކާރވްކޮށް)

 

1.3) ނޮވިލޯން އަޅަންވާނީ، މަޑަވެލި ކައުންސިލްގެ އިދާރާ އިން ޤަބޫލުކުރާ މަޑު ކުލައެއްގެ ނޮވިލޯން އެވެ. ސަފުތައް ފާހަނގަވާގޮތަށް ނެތް ނޮވިލޯންއެއްނަމަ، ސަފުތައް ފާހަނގަކޮށްދޭންވާނެއެވެ.

1.4) ނޮވިލޯން އެޅުމުގެ ކުރިން އަޅަން ބޭނުންވާ ނޮވިލޯންގެ ފޮޓޯއާއި ކުލައާއި ސްޕެސިފިކޭޝަންތައް މަޑަވެލި ކައުންސިލްގެ އިދާރާ އަށް ހުށަހަޅައިގެން ފާސް ކުރަންޖެހޭނެއެވެ.

 

1.5) ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތް އަދި ގދ. މަޑަވެލި މަސްޖިދުއްތަޤްވާ މިސްކިތުގައި އަޅާ ނޮވިލޯންގެ މިނިމަމް ރިކްއަރމަންޓްސް އަކީ:-

 

  •  

Total Thickness: 4.50 mm

  •  

Wearlayer: 0.25 mm

  •  

Total Weight: 2400 g/m2

 

2) ކޮންމެ މިސްކިތަކަށްވެސް ވަކިވަކިން އަގު ހުށަހަޅާ ފޯމުން އަގާއި މުއްދަތު ހުށަހަޅަންވާނެއެވެ. އަގު ހުށަހަޅާ ފޯމުގައި، ކޮންމެ މިސްކިތަކަށް ވަކިވަކިން އަގު ހުށަހަޅާއިރު، ތަކެތީގެ އަގު ވަކިން، މަސައްކަތުގެ އަގު ވަކިން މިސްކިތުގެ އެތެރޭގައި ނޮވިލޯން އަޅައިދިނުމަށް ހިނގާނެ އެންމެހާ ޚަރަދުތައް ހިމަނައިގެން (ޖީއެސްޓީ ދައްކާނަމަ، ޖީއެސްޓީ އާއިއެކު) އަމިއްލަ ތަކެތީގައި ނޮވިލޯން އަޅައި ނިންމައިދިނުމުގެ ޖުމްލަ އަގާއި އަދި މަސައްކަތް ނިންމައިދޭނެ މުއްދަތު އެގެން އޮންނަންވާނެއެވެ.

 

3) އަގު ހުށަހެޅުމާއިބެހޭ އިތުރު މަޢުލޫމާތު:

 

3.1) މި މަސައްކަތަށް އަގު ހުށަހެޅޭނީ، މި މަސައްކަތަށް، މަޑަވެލި ކައުންސިލްގެ އިދާރާގައި ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ކުރުމަށް، 19 ޖެނުއަރީ 2023ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމާއިއެކު، ކުންފުނި / ޕާރޓްނަރޝިޕް / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، މަޑަވެލި ކައުންސިލްގެ [email protected] މެއިލް އަށް، މެއިލް ކުރަންޖެހޭނެއެވެ.

3.2) 'ބިޑް ރެޖިސްޓްރޭޝަން ފޯމާއި' އަދި 'އަގު ހުށަހަޅާ ފޯމު' މި އިޢްލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

3.3) އަގު ހުށަހަޅާ ފޯމާއެކު، އަގަށް ޒިންމާވާނެ (ކުންފުނީގެ ނުވަތަ ވިޔަފާރީގެ) ވެރިއެއްގެ އައިޑީ ކާޑުގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ.

3.4) ބިޑް ރަޖިސްޓްރީ ކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބިޑް ރަޖިސްޓްރީ ފޯމާއި، އަގުހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެއެވެ.

 

4) ނޮވިލޯން އެޅުމުގެ މަސައްކަތަށް ހުށަހަޅާ އަގުތައް އިވެލުއޭޓް ކުރާނީ، ތިރީގައިވާ ގޮތަށެވެ.

#

ބައިތައް

ތަފްޞީލް

ޕޮއިންޓް

1

އަގު

ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)

%90

2

މުއްދަތު

ހުށަހަޅާ މުއްދަތު (ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުޞޫލުން)

3

ތަޖްރިބާ

ނޮވިލޯން އެޅުމުގެ މަސައްކަތެއް 2022 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޮށްފައިވާނަމަ އެކަމުގެ ލިޔުން (ގުޅުންހުރި ގިނަ ލިޔުންތަކަށް ގިނަ މާކްސް ލިބޭ އުޞޫލުން)

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2023
ހޯދާ