ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން ކޯހަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން ކޯހަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

 


ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

 

ކުއްލިއްޔާ އޮފް އެޑިޔުކޭޝަން

ލެވެލް 10

ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 9 ގެ ސެޓްފިކެޓެއް އެޑިޔުކޭޝަންގެ ދާއިރާއިން ޙާޞިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަންގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވެލް 9 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު، ދަށްވެގެން 60 ކްރެޑިޓްގެ ރިސާޗެއް ފުރިހަމަކޮށްފައިވުން؛ އަދި 5 އަހަރު ދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަންގެ ދާއިރާއިން ލިބިފައިވުން.

 

އަދި މަތީގައިވާ ޝަރުޠުތައް ފުރިހަމަވުމާއެކު،

ހ.  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީގެ އިނގިރޭސި މިމާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ޙާޞިލްކޮށްފައިވުން. ނުވަތަ،

ށ. އައި.އީ.އެލް.ޓީ.އެސް ބޭންޑް 6.0 ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން. ނުވަތަ،

ނ. އައި.ޔޫ.އެމް އިން ދޭ އިނގިރޭސި ބަހުގެ އިމްތިޙާނުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

  • އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ އިނގިރޭސި ބަހުން ކިޔަވާފައިވާ ސަނަދެއް ނަމަ، މި ޝަރުޠުން އިސްތިސްނާވާނެއެވެ.

 

* އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް) ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަރވިއުއަކުން ފާސްވުން.

އިނގިރޭސި

ކުލާހަށް ޙާޟިރުވެގެން

ހޮނިހިރު ދުވަހު އަދި ހަފުތާގެ ދުވަސްތަކުގެ ރޭގަނޑު

5

3 އަހަރު (6 ސެމިސްޓަރ)

މާލެ

މޯޑް 2 (ހަމައެކަނި ރިސާޗް): 101,700/- ރުފިޔާ

 

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ގެ އިތުރުން އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ) ނުވަތަ އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. ކުލާހަށް ޙާޟިރުވެގެން ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

މި ކޯހާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

  • މަތީގައި ދެންނެވުނު ކޯހަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ހޯދެއްވުމަށް މި ލިންކަށް ފިއްތާލައްވާ ium.to/2023janintakecourses

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ ސާފު  ކޮޕީ .
  • އައިޑީކާޑުގެ ސާފު ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
  • ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް)
  • 2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022120 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.

 

  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ.ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރުން (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް) ފޯމު ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ)
  • އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

20 ޖުމާދަލްއާޚިރު 1444

12 ޖަނަވަރީ 2023

12 ޖަނަވަރީ 2023
ހޯދާ