މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މެއިންޓެނެންސް އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

 މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް: މެއިންޓެނެންސް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު : 1 (އެކެއް)

މުއްދަތު: 1 އަހަރު ދުވަސް (12 މަސްދުވަސް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން: މުޙްޔިއްދީން ސްކޫލު، ވިލިމާލެ

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ޖީ.އެސް 2

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  1. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/4000

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލުގައި ހުންނަ އިލެކްޓްރިކާ ގުޅުންހުރި އެންމެހައި މަސައްކަތްތައް، ކަމާބެހޭ ވެރިއެއްގެ ލަފާގެމަތިން ކުރުން.

2- އިލެކްޓްރިކް އެންމެހައި ތަކެތި ބެލެހެއްޓުމާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުމާއި، އަމިއްލައަށް ރަނގަޅު ނުކުރެވޭވަރުގެ މައްސަލައެއް ހުރިނަމަ، އެކަމެއް ރަނގަޅުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތެއްގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.

3- ފެންމޯޓަރާއި ފަންކާތަކާއި ހޮޅިބުރިފަދަ ތަކެތި ދުވަހުން ދުވަހަށް ޗެކްކޮށް، މައްސަލައެއް ހުރިނަމަ، ކަމާބެހޭ ވެރިއެއްގެ ލަފާގެމަތިން ލަސްނުކޮށް އެކަމެއް ޙައްލުކުރުން.

4- ކޮންމެ ދުވަހަކު ސްކޫލުގެ ހުރިހާ ޢިމާރާތެއް މެއިންޓެނަންސް މަސައްކަތް ހުރިތޯ ބަލައި، މައްސަލައެއް ހުރިނަމަ އެކަމެއް ޙައްލުކޮށް، ކަމާބެހޭ ވެރިއަކަށް އެކަމުގެ މަޢުލޫމާތު ދިނުމާއި، އޮފީހުގައި ހުންނަ  މަރާމާތާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުން.

5- ސްކޫލްގެ ވެރިންނާއި ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުނާ ގުޅިގެން ސްކޫލުގެ މަޞްލަޙަތު އިސްކޮށް، ސްކޫލުގެ ހިންގުން ރަނގަޅުކޮށް، ހަލުވިކުރުމަށް މަސައްކަތްކުރުން.

6- ހަފުތާގެ ރަސްމީ ދުވަސްތަކުގެ އިތުރުން، ހަފުތާގެ ބަންދު ދުވަސްތަކުގައި ސްކޫލުން ހަމަޖައްސާ ގަޑިއަކަށް ނުވަތަ އެމެޖެންސީ ޙާލަތެއްގައި ވީއެންމެ އަވަހަށް ސްކޫލަށް ހާޒިރުވެ ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކުހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2014 ޑިސެންބަރު 14 އާއި 31 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ނޯޓް: މި މަގާމަށް މީހަކު ހޮވުމުގައި މެއިންޓެނެންސް މަސައްކަތްތަކުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ  ކޮޕީ.
  • ތަޖުރިބާގެ ލިޔުންތައް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

   ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ސުންގަޑި: 2014 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކޮށްފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް: ފޯނު:  3390635

30 ނޮވެންބަރު 2014
ހޯދާ