ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކުޑަހުވަދޫން ދޫކުރުމަށް ކަނޑައަޅާފައިވާ ބަންޑާރަ ގޯތީގެ ޢަދަދު އިތުރުކުރުން

ދިރިއުޅުމަށްޓަކައި ކުޑަހުވަދޫން ބަންޑާރަ ގޯތި ދޫކުރުމަށް މިކައުންސިލްގެ ނަންބަރު:381(N)2022/45 (30 އޮގަސްޓް 2022) ގެ ނިންމުމުން ނިންމާފައިވާ 243 ގޯތީގެ ޢަދަދު އިތުރުކުރުމަށް ކުޑަހުވަދޫ ކައުންސިލަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން 102 ގޯތި އިތުރުކޮށް، މިބުރުގައި ކުޑަހުވަދޫން ދޫކުރާ ބަންޑާރަ ގޯތީގެ ޢަދަދަކީ 345 (ތިންސަތޭކަ ސާޅިސް ފަހެއް) ކަމުގައި މިކައުންސިލްގެ ނަންބަރު:  ނަންބަރު:381(N)2023/06 (12 ޖަނަވަރީ 2023) ގެ ނިންމުމުން ވަނީ ނިންމާފައެވެ. އަދި މި 102 ގޯތި އިތުރުކުރުމަށް ނިންމާފައިވަނީ، ކުޑަހުވަދޫ ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކައުންސިލުން ފާސްކޮށްފައިވާ ގައިޑްލައިންގެ "A" ކެޓަގަރީގެ ބަޔަށްކަމުގައި ދަންނަވަމެވެ.

ވީމާ ދަންނަވަމެވެ. ބަންޑާރަ ގޯތި ދޫކުރުމަށް އިދާރާގެ ނަންބަރު: D-381/IUL/2022/59  ( 30 އޮގަސްޓް 2022 ) ގެ ޢިއުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ، މި ބުރުގައި ދޫކުރާ ގޯތިތަކުގެ ނަންބަރުތަކަށް ބަދަލުގެނެވިވާތީ، އަލުން ތަރުތީބް ކޮށްފައިވާ ނަންބަރުތައް އެނގޭނޭ ޗާޓް މިއިޢުލާނާއެކު ވާނީ އެއްކަރުދާސް ކުރެވިފައެވެ.

12 ޖަނަވަރީ 2023
ހޯދާ