ދިވެހިރާއްޖެ
| 
 މަޤާމުގެ ނަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
 މުސާރަ: 5610.00 ރުފިޔާ  | 
 ސާރވިސް އެލަވަންސް: 2000.00 ރުފިޔާ  | 
|
| 
 ރޭންކް: އެމް.އެސް 1  | 
 ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1  | 
 ބޭނުންވާ އަދަދު: 1  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / ހިއުމަން ރިސޯސް މެނޭޖްމަންޓް  | 
|||
| 
 ޝަރުޠު: 1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 3- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|||
| 
 މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: - ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގައި ޕާފޯމަންސް އެޕްރައިސަލް ފޯމުތައް ތައްޔާރުކޮށް ޓާގެޓް ކަނޑައެޅުމަށް އޮންނަ މުއްދަތުގައި ޓާގެޓް ކަނޑައެޅުމުގެ މަސައްކަތް ކުރުން. - ޓާގެޓް ކަނޑައަޅަން އޮންނަ މުއްދަތުގައި ޓާގެޓް ކަނޑައެޅުމަށްފަހު ފޯމްތައް ގެނެސް ސެކްޝަނުގައި ބެހެއްޓުން. - ޕާރފޯމަންސް އެޕަރައިސަލް ފޯމުތަކުގައި ފާހަގަކޮށްފައި ހުންނަ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތަކާއި ޝަކުވާ ފަދަ ކަންތައްތައް ފާހަގަކޮށް ސުޕަވައިޒަރަށް އެންގުން. - ޕާރފޯމަންސް އެޕްރެއިސަލް މިޑް ރިވިއު ހެދުން - މިޑް ރިވިއުކުރާއިރު މުވައްޒަފުންގެ މަސައްކަތަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ ބެލުން - ޑިސެމްބަރ މަހު ޕީ.އޭ ފޯމްތަށް ފުރިހަމަ ކުރުން. - މުޅި މިނިސްޓްރީގެ ޕަރފޯމަންސް އެޕްރައިސަލް ހެދުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ރިޕޯޓު ފޮނުވުން - ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ސެޓްފިކެޓް ލިބެންޖެހޭ މުވައްޒަފުން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުންދޭ ލިޔުންތައް ތައްޔާރުކޮށް މިނިސްޓްރީން ރާވާ ގޮތެއްގެ މަތިން އެލިޔުންތައް މުވައްޒަފުނަށް ރައްދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. - ބޯނަސް ލިބެންޖެހޭ މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނަށް ބޯނަސްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.  | 
|||
| 
 ނޯޓު: - ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މި ވަޒީފާތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަ ނަމަ ތަޢުލީމާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބެލުމަށް ފަހު އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ދިހަ ފަރާތާއެވެ. - މި މަގާމަށް އިންޓަވިއުކުރުން އެއް މަސްދުވަސް ތެރޭގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައި ބޭއްވޭނެއެވެ.  | 
|||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
|||
 
  | 
|||
5 ޞަފަރު 1436
