މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އާއި ވިލިމާލޭގެ މަގުތަކާއި،ހުސްބިންތައް އަދި މައިޒާންތައް ސާފުތާހިރު ތަނެއްގޮތުގައި ބޭއްވުމާއި ގުޅޭ.

އިޢުލާން

  މާލެ އާއި ވިލިމާލޭގެ މަގުތަކާއި،ހުސްބިންތައް އަދި މައިޒާންތައް ސާފުތާހިރު ތަނެއްގޮތުގައި ބޭއްވުމާއި ގުޅޭ.

 

                              މާލެއާއި ވިލިމާލޭގެ މަގުތަކާއި ،ޕާކުތަކާއި،ހުސްބިންތަކާއި ،މައިޒާންތަކާ އަދި ތިމާ ދިރި އުޅޭ ވެށި ސާފުތާހިރު ތަނެއްގޮތުގައި ބޭއްވުމަކީ އެންމެހައި ރަށްޔިތުންގެ ފަރުދީޒިންމާއެއްކަމުގައި ދެކެ އެފަދަ ތަންތަން ސާފުތާހިރު ތަނެއްގެގޮތުގައި ބޭއްވުމަށް ދަންނަވަމެވެ.

                              ކުނިމެނޭޖު ކުރުމުގެ ނަމްބަރ 2013/R-58  ޤަވާޢިދާއެއްގޮތަށް އެންމެ ބޭފުޅުން ޢަމަލުކުރުމަށާއި ކުނި މަގުމައްޗަށް ނެރުމުގެ ބަދަލުގައި ޚިދުމަތްދޭ ފަރާތްތަށް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ،ކުނި މެނޭޖު ކުރުމުގެ ޤަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް ދަންނަވަމެވެ.

                              ވީމާ،އެންމެހައި ބޭފުޅުންގެ ފަރުދީޒިންމާއެއްކަމުގައި ދެކެ ކުނި މެނޭޖު ކުރުމުގެ ޤަވާޢިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. އަދި  ކުނިމެނޭޖް ކުރުމުގެ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއި މެދު މި ޤަވާޢިދާ އެއްގޮތަށް އަމަލު ކުރެވޭނެ ވާހަކަވެސް އަންގާ އިޢުލާނު ކުރީމެވެ.

27 ޑިސެންބަރު 2022
ހޯދާ