ދިވެހިރާއްޖެ
ނަމްބަރު:137-IU/PR/2022/46-
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިހޮސްޕިޓަލަށް ވީލް ޗެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ނޮވެމްބަރ 2022 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2022/44 އިޢުލާނަށް ފުރިހަމައަށް މައުލޫމާތު ދެވިފައިނުވާތީ، އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
އަދަދު |
އައިޓަމް |
|
30
|
ހޮސްޕިޓަލް ވީލްޗެއަރ
|
|
އިތުރު ތަފްސީލް
ހައިޓް ފްރަންޓް 47 – 51 ސމ ހައިޓް ރިއަރ 44 – 47 ސމ
|
|
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ހުށަހަޅާ އައިޓަމްތަކުގެ ފޮޓޯ އަދި ބްރޯޝާ/ތަފްސީލު/ސްޕެސިފިކޭޝަން ޝީޓް ހުށަހެޅުން.
- ސަޕްލައިކޮށްދޭނެ އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު ހުށަހެޅުން
- އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ސަޕްލައިކޮށްދޭނެ މުއްދަތު
- ކުންފުނީގެ މައުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
- ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
- އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ނުވަތަ ޕާރޓްނާނަމަ، މެނުފެކްޗަރަރ ދީފައިވާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން، 01 ޖަނަވަރީ 2019 އިން 30 ނޮވެމްބަރ 2022 ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ 1 ލިޔުން ހުށަހަޅަންވާނެއެވެ.
- މާލީ ގޮތުން މިމަސައްކުރެވޭނެ ފަރާތެެއްކަން ދެނެގަތުމަށް ހުށަހަޅާފައިވާ ލިޔުންތަކުން
- ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %30 ބޭންކް އެކައުންޓުގައި ހުރިކަން އަންގައިދޭ ލިޔުމެއް (ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކްގެ ލިޔުމެއް) ނުވަތަ
- ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %30 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް
ޓެކްނިކަލީ އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- ހުށަހަޅާފައިވާ އައިޓަމްތަކަކީ މިހޮސްޕިޓަލުގެ ބަޔާންކޮށްފައިވާ ރިކްއަރމެންޓަށް ފެތޭ ތަކެތި ކަމަށްވާނަމަ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާނެއެވެ.
އަގު އަދި މުއްދަތު އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގަށް އަދި މުއްދަތައް މާކްސް ދެވޭނީ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
90 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު |
10 |
އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް ވީލްޗެއަރ ސަޕްލައިކޮށްދިނުމާގުޅޭ އިއުލާނުކަމާއި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 ޖެނުއަރީ 2023 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
- 2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
03 ޖުމާދުލް އާޚިރާ 1444
26 ޑިސެމްބަރ 2022
