މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތް 1444

1444ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މި މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.  އެ ނޫން  ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން،  1 ވަނަ ، 2 ވަނަ  3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.  ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން  1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

 މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

 ކޮންމެ އުމުރުފުރާއަކުން  1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 

ކޮންމެ ގޮތްޕަކުން    1 ވަނަ -/25000ރ ޓްރޮފީ އާއި ސެޓްފިކެޓް

             2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

             3 ވަނަ  -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

  މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ގޮތުން https://qm1444.malecity.gov.mv/ މި ލިންކުން ފޯމުފުރާލެއްވޭނެއެވެ.  މުބާރާތުގެ އުޞޫލު މި ލިންކުން ޑައުންލޯޑުކުރެވޭނެއެވެ.  މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެއެވެ.

  މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 20 ޖަނަވަރީ 2023 އެވެ.

  ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޑިސެންބަރު 2022
ހޯދާ