މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ މަދަޙަ މުބާރާތް 1444

1444ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ބާއްވާ މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ޖުމުލަ  6 އުމުރުފުރާއަކުން ބައިވެރިވެވޭނެއެވެ. އެއީ  6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި،  13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.  އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެއެވެ.  

މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ.  

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

ކޮންމެ އުމުރުފުރާއަކުން  1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

              2 ވަނަ -/0600ރ، ޓްރޮފީ އާއި ސެޓްފިކެޓް

              3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 

މުޅިމުބާރާތުން        1 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

               3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

 

މި މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ؛

        3ވަނައަށް ހޮވޭ ޅެމާއި ރާގަށް:  -/3000ރ، ހަނދާނީ ލިޔުމާއި އިނާމު.

        2ވަނައަށް ހޮވޭ ޅެމާއި ރާގަށް:  -/4000ރ، ހަނދާނީ ލިޔުމާއި އިނާމު.

        1ވަނައަށް ހޮވޭ ޅެމާއި ރާގަށް:  -/5000ރ، ހަނދާނީ ލިޔުމާއި އިނާމު.

     

  މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ގޮތުން https://qm1444.malecity.gov.mv/ މި ލިންކުން ފޯމުފުރާލެއްވޭނެއެވެ.  މުބާރާތުގެ އުޞޫލު މި ލިންކުން ޑައުންލޯޑުކުރެވޭނެއެވެ.  މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު އަނބުރާ 2:00އަށް ބަލައިގަންނާނެއެވެ.

  މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 20 ޖަނަވަރީ 2023 އެވެ.

  ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ޑިސެންބަރު 2022
ހޯދާ