ދިވެހިރާއްޖެ
ޝަރުޢީ ކޯޓުތަކުގައި ރެކޯޑު ކުރެވޭ ބަޔާންތައް މަޙްޟަރު ކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ މައްޗަށް ހިމެނޭ ޝަރީޢަތްތަކުގެ ބަޔާންތައް މަޙްޟަރު ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި ޑިޕާޓްމަންޓުން މި ދަނީ ކުރަމުންނެވެ.
ޝަރީޢަތްތަކުގެ ބަޔާންތައް މަޙްޟަރު ކުރާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އަންނަނިވި ޝަރުޠުތައް ހަމަވާ ފަރާތްތަކެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.
- ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ނުވުން.
- ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި މަސައްކަތް ކުރާ މީހެއްކަމުގައިވާނަމަ،
އެ މީހެއްގެ ވަޒީފާގެ އިތުރުން އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ކުރުން ވަޒީފާއަދާކުރާ ތަނުން މަނާ މީހަކު ކަމުގައި ނުވުން.
މި އުސޫލުގެ ދަށުން ދަފްތަރު ކުރެވޭ ފަރާތްތަކަށް އުޖޫރައެއްގެ ގޮތުގައި ދޭނީ ލިޔާ ކޮންމެ ސަފްހާއަކަށް
-/20ރ. (ވިހިރުފިޔާ) ގެ ރޭޓުންނެވެ.
ޝަރީޢަތްތަކުގެ ބަޔާންތައް މަޙްޟަރު ކުރާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓުގެ ވެބްސައިޓް dja.gov.mv އިން އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި، [email protected] އަށް އީ-މެއިލް މެދުވެރުކޮށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.