ދިވެހިރާއްޖެ
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް
ކ.މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)484/PRIV/2022/20
އިޢުލާން
ސީ.އޭ. މޯލްޑިވްސްގެ އައު އޮފީހަށް ބޭނުންވާ ފަރނީޗަރގެ ތެރެއިން އަންނަނިވި ތަކެތި މި އިންސްޓިޓިއުޓްއިން ގަންނަން ބޭނުންވާތީވެ، މި ތަކެތި ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ނަންބަރު |
ތަފްޞީލް |
ބޭނުންވާ ޢަދަދު |
a |
ރިސެޕްޝަން ޑެސްކް |
1 |
b |
ރައުންޑް ޓޭބަލް - ލައުންޖް |
1 |
c |
އެގްޒެކެޓިވް ޑެސްކް - ސީ.އީ.އޯ ރޫމް |
1 |
d |
އޮފީސް ޑެސްކް (10 މުވައްޒަފުންނަށް) |
10 |
e |
މީޓިންގ ޓޭބަލް – މެއިން މީޓިންގ ރޫމް |
1 |
f |
ރައުންޑް ޓޭބަލް – ސައި ކޮޓަރި |
1 |
g |
މީޓިންގ ޓޭބަލް – މީޓިންގ ރޫމް 2 |
1 |
ވީމާ، މި ތަކެތި ސަޕްލައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، 3 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހު 14:00 އަށް، އޮޑިޓަރ ޖެނެރަލް އޮފީސް، ޣާޒީ ބިލްޑިންގ 1 ވަނަ ފްލޯރ އަށް، އަންދާސީ ހިސާބާއި އެކު، ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން، މި އިޢުލާން އާއި އެކު ހީރަސް ކުރެވިފައިވާ 'ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް - RFP' ގެ އަންނަނިވި ޝަރުޠު ފުރިހަމަވޭތޯ ޔަޤީންކުރެއްވުމަށް ދަންނަަވަމެވެ.
އަދި މި RFP ގައި ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވަމެވެ.
ޝަރުޠު
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާފަރާތަކަށް ވުމާއި އެކު، މަސައްކަތާ ގުޅޭ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުުން.
އަންދާސީ ހިސާބާއި އެކު ހުށަހަޅުއްވާ ޕްރޮޕޯޒަލްގައި ފުރިހަމަ ކުރަން ބޭނުންވާ ލިޔެކިޔުންތަކުގެ ޑްރާފްޓް އަދި ގަންނަން ބޭނުންވާ ތަކެތީގެ ތަފްޞީލް ތިރީގައިވާ ޑްރައިވް ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
https://drive.google.com/drive/folders/1snD4XKXl965EDcq8jUfSh8iCCpjBDizv?usp=share_link
މިކަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ މި އިންސްޓިޓިއުޓްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް ދަންނަވަމެވެ.