ދިވެހިރާއްޖެ
ނަމްބަރ: (IUL)413/413/2022/16
އިޢުލާން
މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެ:
މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި، އާއިލީ ޒިންމާ ޗުއްޓީ ނުވަތަ ސަލާމްގެ ޗުއްޓީ ނަންގަވާ ޙާލަތްތަކުގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖް ޕޫލުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
މަގާމް: އިމާމް
ބޭނުންވާ ޢަދަދު: 4
މަޤާމް: މަސައްކަތު
ބޭނުންވާ ޢަދަދު: 4
ވީމާ، ވޭޖްޕޫލުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ތަޢުލީމީ ސެޓްފިކެޓްތަކާއެކު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
މިސްކިތުމަސައްކަތު ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން 2 މީހަކު 1 އަހަރުގެ ދާއިމީ ކޮންޓެކްޓަށް ނެގޭނެއެވެ.
ތިރީގައި އެވަނީ ވޭޖް / ޕޫލް މަޤާމްތަކާއި، އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ.
| # | މަޤާމް | ރޭންކް | މަސައްކަތްކުރާ ގަޑިއަކަށް | 
| 1 | އިމާމް ސަނަދު އޮތް މީހަކަށް ( ނަމާދުކުރާ ވަގުތަށް ) | GS3 | 61.00 | 
| 2 | މުދިމް ސަނަދު ނެތްމީހަކަށް ( ނަމާދުކުރާ ވަގުތަށް ) | GS1 | 53.00 | 
| 3 | މަސައްކަތު | SS1 | 45.00 | 
22 ޑިސެމްބަރ 2022
އިބުރާހިމް ނާޝިދު
ކައުންސިލްގެ ރައީސް
 
                    