މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމް އިން ތައްޔާރުކުރަމުންދާ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތަށް ވީޑިއޯއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ތައްޔާރުކުރަމުންދާ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތަށް ވީޑިއޯއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު i(IUL)88-ADHR/88/2022/94 (5 ޑިސެންބަރު 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުގެ އަގަކީ މިނިސްޓްރީން އަންދާޒާކޮށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގެއް ކަމަށްވާތީ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ހަރަކާތް

ތާރީޚް

ގަޑި

ތަން

ޕްރީބިޑް މީޓިންގ

25 ޑިސެންބަރު 2022 (އާދީއްތަ)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަން ހުށަހެޅުން/ހުޅުވުން

29 ޑިސެންބަރު 2022 (ބުރާސްފަތި)

11:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

 

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 27 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން 3022266 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ޑިސެންބަރު 2022
ހޯދާ