ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަޟާއީ އަހަރު 2023 ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ޤަޟާއީ އަހަރު 2023 އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ ރަސްމިއްޔާތު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 ޑިސެމްބަރ 27 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޑިސެންބަރު 2022
ހޯދާ