ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ވެކްސިން ފެސިލިޓީގައި އެއަރ ކޮންޑިޝަން ސިސްޓަމް ހަރުކުރުމާއި، ވޯލް ކްލޯޒަރ އަދި ސްޓީލް ގޭޓް ހަރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)23-PD(PMS)23/2022/558 (13 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ އެއިޢުލާން ބާތިލްކޮށް މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް ސެޝަން އޮންނާނީ 21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ހުޅުމާލޭ ހޮސްޕިޓަލު ތެރޭގައި ޤާއިމު ކޮށްފައިވާ ކޯލްޑް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
21 ޖުމާދަލް އޫލާ 1444
