މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1200 އަކަފޫޓްގެ 56 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ލޭންޑް ޔޫސް ޕުލޭން ގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.

ވީމާ، އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ރ.އުނގޫފާރުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ.

ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖަނަވަރީ 15 އިން 2023 ފެބުރުވަރީ 14 ގެ ނިޔަލަށެވެ. (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:30 އަށެވެ.)

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6580118 ފޯނާއެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ގޯއްޗައް އެދި ހުށަހަޅާ ފޯމް
  • ރ.އުނގޫފާރުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކަ އިޤްރާރު

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޑިސެންބަރު 2022
ހޯދާ