މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ސްކޫލްގެ އޭ.ވީ ރޫމްގެ ތަޅުންގަނޑު ތަޅައި ސާފުކުރުމާއި، ކޮންކްރީޓް ތަޅުމެއް އަޅައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއީ ފ. މަގޫދޫ ސްކޫލުގެ އޭ.ވީ ރޫމްގެ ތަޅުންގަނޑު ތަޅައި ކޮންކްރީޓް ތަޅުމެއް އެޅުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ކުރާ އިޢްލާނެކެވެ.

1         ފ.މަގޫދޫ ސްކޫލުގެ އޭ.ވީ ރޫމްގެ ތަޅުންގަނޑު ތަޅައި ކޮންކްރީޓް ތަޅުމެއް އެޅުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ޑިސެމްބަރ 2022 ން 18 ޑިސެމްބަރ 2022 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ މި ސްކޫލްގެ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.

6         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މަގޫދޫ ސްކޫލް

އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.

ފޯން:  7952912

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

13 ޑިސެންބަރު 2022
ހޯދާ