މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް - މިނިސްޓްރީ އޮފް ހެލްތު

 

 

                         އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު

J-346393

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ. އެކްސް. 3

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ޑިވިޝަން/ ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތު ސަރވިސަސް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/11,065 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1100 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހެލްތު ޕޮލިސީ، ހެލްތު ސައިންސް، ހެލްތު އެޑްމިނިސްޓްރޭޝަން، ހެލްތު ސަރވިސް މެނޭޖްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީތަކާ ސިޔާސަތު އެއްގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް ފަންނީ ގޮތުން ޚިދުމަތް ވިލަރެސްކޮށް ފޯރުކޯށްދިނުން.
  2. މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތަށް މެދުނުކެނޑި ފޯރުކޮށްދިނުމާއި، އަދި ޚިދުމަތް ރަނގަޅު ކުރުމަށް ދޭންޖެހޭ ފަންނީ މަސްވަރާ އާއި އިރުޝާދު މަރުކަޒުތަށް ހިންގުމާ ހަވާލުވެގެން ތިއްބަވާ ބޭފުޅުންނަށް ދިނުމާއި،ދަތިވާ ކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުން.
  3. މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ދެވޭ ޚިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް އަދި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި އެފަރާތުގެ ލަފާގެ މަތިން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމާއި އަޕްޑޭޓްތައް ޙިއްޞާ ކުރަމުން ގެންދިއުން.
  4. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި، ގަވާއިދުން ހިންގަން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ގަވާއިދުން ހިންގާ، ރިޕޯރޓް ކުރަމުންދޭތޯ ބަލާ މޮނިޓަރކުރުން.
  5. ހޮސްޕިޓަލްތަކުން ހިންގާ އައުޓްރީޗް ޕްރޮގްރާމްތަށް ކުރިއަށް ޕްލޭން އެކުލަވާލާ ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތުބަލާ ކަންކަން ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
  7. ޞިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ، ރެކޯރޑްތައް ބެލެހެއްޓުން.
  8. ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި، މެޝިނަރީޒް އަދި ކޮންސިއުމަބަލްސް ގިންތިކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލުން.
  9. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އައްޔަންކުރައްވާ ސިވިލް ސަރވިސްގެ ޒިންމާދާރު ވެރިންނާއި އަދި ހޮސްޕިޓަލްތަކަށް ހަމަޖައްސާ ހޮސްޕިޓަލް އިންޗާރޖުންގެ ވަޒީފާ ބަޔާންތައް ވެރިންގެ ލަފަޔާއި އެކު ތައްޔާރުކުރުން.
  10. އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް އައްޔަންކުރައްވާ ސިވިލް ސަރވިސްގެ ޒިންމާދާރު ވެރިންނާއި އަދި ހޮސްޕިޓަލްތަކަށް ހަމަޖައްސާ ހޮސްޕިޓަލް އިންޗާރޖުންގެ ޕީ.އޭ ފޯމްތައް ވެރިންގެ ލަފަޔާއި އެކު ތައްޔާރުކޮށް ބެލެހެއްޓުން.
  11. ރީޖަނަލް އެންޑް އެޓޯލް ހެލްތް ސަރވިސަސް  ޑިވިޜަނުގެ ފަރާތުން މުވައްޒަފުންކުރާ ރަސްމީ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުމާއި އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  12. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަށް ދެނެގަނެ މުވައްޒަފުންގެ ފަންނު އިތުރުކުރުމަށް ޓްރޭނިންގ ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިޔުން.
  13. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ޤާއިމްކުރުމަށްޓަކައި ވެރިންގެ ލަފައާއިއެއްގޮތަށް ޕްރޮގްރާމްތައް ހިންގުން.
  14. ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި ދެވޭ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުން. އަދި ޞިއްޙީ މަރުކަޒުތަކުގައި ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުން.
  15. ހޮސްޕިޓަލްތަކުގައި އައު ޚިދުމަތްތައް ތައާރަފު ކުރުމަށް ބޭނުންވާ ފަންނީ ދިރާސާ މަސައްކަތްތައް ކޮށް، ފަންނީ ލަފާ މިނިސްޓްރީގެ ޕޮލިސީ ލެވަލް އަށް ހުށައެޅުން އަދި އައު ޚިދުމަތްތައް ތައާރަފުކޮށް ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުމގައި ގުޅުންހުރި ޑިވިޜަން/ޑިޕަރޓްމަންޓްކަނަށް އެހީތެރިކަން ފޯރުކޮށްދިނުން
  16. އަތޮޅު ތެރެއިން ދެވޭ ސިއްޙީ ޚިދުމަތްތައްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް ބައްޓަން ކުރެވިފައިވާ ޚިދުމަތްތަކެއްތޯ ބަލައި އިސްރާފުކުޑަކުރެވޭނެ ގޮތްތައް ދެނެގަތުން ޕޮލިސީ އަށް ލަފާ އެރުވުން
  17. ދިވެހރިރާއްޖޭގައި ދިވެހި ބޭސްވެރިކަން އިތުރަށް އާލާ ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  18. ޞިއްޙީ ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކާއި ޑިވައިސަސްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކޮށް ޤަވާއިދުން ބަލަހައްޓަމުންދޭތޯ ބެލުމާއި އަޕްޑޭޓްކުރަންޖެހޭ ސްޕެސިފިކޭޝަންތައް ސްޓޭންޑަޑައިޒްކުރަމުން ދޭތޯ ބެލުން
  19. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓްތަކާއި ޑިވައިސަސްތަކުގެ ތެރެއިން މައްސަލަޖެހޭ ތަކެތި ހޮސްޕިޓަލްތަކުގެ ބަޔޯމެޑިކަލް އިންޖިނިއަރިންގ ޔުނިޓާ ގުޅިގެން ރިޕެއަރ ކުރުމާއި އިންޖިނިއަރުން ފޮނުވަން ޖެހޭ ޙާލަތްތަކުގައި ފޮނުވާ އިންޖިނިއަރުންނަށް އިރުޝާދުދީގެން މެޝިނަރީ މަރާމާތުކުރުމުގެ އިތުރުން މިނިސްޓްރީގެ ބަޔޯމެޑިކަލް ސެކްޝަނަށް މެޝިން ގެނެސްގެން ރިޕްއަރ ކުރަންޖެހޭ ޙާލަތުތަކުގައި ގެނެވޭ މެޝިނަރީ މަރާމާތުކުރުމުގެ އެންމެހާ ފަންނީ މަސައްކަތްތައް ކަނޑައެޅޭވަގުތުގައި ކޮށް ނިންމަމުން ދޭތޯ ބެލުމާއި، މެޝިނުން ދޭ ހިދުމަތް މެދުކެނޑުނަނުދީ ދެވޭކަން ކަށަވަރުކުރުން
  20. މިނިސްޓްރީގެ ދަށުން ހިންގާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ގަންނަ މެޑިކަލް އިކުއިޕްމަންޓާއި ޑިވައިސަސްތައް އިންސްޓޯލްކުރުމާއި ކޮމިޝަންކުރުމާއި އެޕްލިކޭޝަން އަދި ރިފްރެޝަރ ޓްރެއިނިންގ ދިނުމާއި ހޮސްޕިޓަލްތަކުގެ ބަޔޯމެޑިކަލް ޓެކްނީޝަނުންނަށް ދޭންޖެހޭ ތަމްރީނުތައް ގަވާއިދުން ހިންގަމުން ދޭތޯ ބެލުމާއި ޓްރެއިނިންގތަކުގެ ކޮލިޓީ މޮނިޓަރކުރަމުންދޭތޯ ބެލުން
  21. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު  
  • ގްލޯބަލް ހެލްތު ޕޮލިސީ  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތު ޕޮލިސީ   
  • ހެލްތް ރިސަރޗް  
  • ހެލްތު ސައިންސް   
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން   
  • ހެލްތް ސަރވިސް މެނޭޖްމަންޓް   
  • އިންޓަރނޭޝަނަލް ހެލްތު  
  • އިންޓަރނޭޝަނަލް ސައިންސް  
  • ޕޮލިސީ ސްޓަޑިޒް  
  • ޕްރައިމަރީ ހެލްތުކެއަރ  
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް ހެލްތު  
  • ޕަބްލިކް ޕޮލިސީ  

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހެލްތު ޕޮލިސީ   
  • ހެލްތު ސައިންސް   
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން   
  • ހެލްތް ސަރވިސް މެނޭޖްމަންޓް   

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 18 ޑިސެންބަރު 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2022  ޑިސެމްބަރު ނުވަތަ 2023 ޖަނަވަރީ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

 

                                                         

 

 

 

 

                                 

 

 

 

11 ޑިސެންބަރު 2022
ހޯދާ