މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

އެމްޓީސީސީ ގެ ސެކިއުރިޓީ ބެލެހެއްޓުން:

މިކުންފުނީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް، އެމްޓީސީސީ ސޯމިލްގެ 1 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޑިސެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެން ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެއް ކަމުގައި ދެންނެވީމެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014
ހޯދާ