| 
 ޖީ.އެސް 3 
 | 
 މަޤާމުގެ ރޭންކް:  
 | 
| 
 އޮފިސަރ ގްރޭޑް 1 
 | 
 ކްލެސިފިކޭޝަން 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
 
 
ނުވަތަ 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
 
 
 | 
 މަޤާމުގެ ޝަރުޠު: 
 | 
- ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުގެ ޚިދުމަތަށް އެދި އަންނަ ފަރާތްތަކާއި، ރީތިބަހުން ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުމާއި، އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.
 
- ޞިއްޙީމަރުކަޒުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މެމޯ ހެއްދުމާއި، އާސަންދަ ޚިދުމަތް ދިނުމަށް ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ މަސައްކަތް ކުރެއްވުމާއި، އެކަމާގުޅޭ ލިޔެ ކިޔުންތައް، ދުވަހުންދުވަހަށް ފުރިހަމަ ކުރެއްވުން.
 
- ކޮންމެ ޑިއުޓީއެއް ފެށުމުގެކުރިން ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި، ނެތްނަމަ އެކަމަކާ ހަވާލުވެހުންނަވާ މުވައްޒަފަކަށް ދަންނަވައިގެން ތަކެތި ހަމަކުރުމާއި، އަދި ބޭނުންކުރެވޭ ތަކެތި ވީހާވެސް ޚަރަދުކުޑަގޮތަށް ބޭނުންކުރެއްވުން.
 
- ޞިއްޙީމަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ނަގަންޖެހޭ އެންމެހާ ޚިދުމަތްތަކަށް، އެކަމާގުޅޭ އުސޫލާ އެއްގޮތަށް ފައިސާ ބަލައިގަނެ، ދުވަހުންދުވަހަށް ފައިސާގެ ލިޔެކިޔުންތައް ފުރިހަމަކުރުން.
 
- ތަރުޖަމާނަކު ނެތިއްޖެ ހާލަތެއްގައި ޞިއްޙީމަރުކަޒުން ހަމަޖައްސަވާގޮތެއްގެ މަތިން ތަރުޖަމާނުގެ މަސައްކަތް ކުރުން.
 
- ޞިއްޙީމަރުކަޒުން ޚިދުމަަތް ހޯދުމަށް އަންނަ ފަރާތްތަކާއި، އިމަރޖެންސީ ބަލިމީހުންނަށް ފަރުވާދިނުމުގައި ނަރުހުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެހީތެރިވުން.
 
- ޑިއުޓީ ގަޑީގައި ޞިއްޙީމަރުކަޒުގެ މުދަލާއި ތަކެއްޗަށް ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ޢާންމުކޮށްދޭ ޚިދުމަތެއް ހުއްޓޭގޮތް މެދުވެރިވެދާފަދަ ހާލަތެއްގައި އެކަން އިދާރީ މުވައްޒަފަކަށް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.
 
- ޞިއްޙީމަރުކަޒުން ދެވޭ ޚިދުމަތްތަކުގެތެރެއިން ރިސެޕްޝަނުން ބަލަހައްޓަންޖެހޭ މަޢުލޫމާތުތައް ކަނަޑައެޅިފައިވާ އުސޫލާ އެއްގޮތަށް ދުވަހުން ދުވަހަށް ރިޕޯޓްކޮށް ނިންމެވުން.
 
- ހޮސްޕިޓަލުގެ ޢާންމު އުސޫލުތަކާއި ގަވާއިދުތަކަށް ޢާންމުން އިޙްތިރާމު ކުރުމަށް ބާރުއަޅައި، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
 
  | 
 މަޤާމުގެ މަސްއޫލިއްޔަތުތައް 
 | 
| 
 - އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ 
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް. 
ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން. 
 | 
 އުޖޫރައާއި އިނާޔަތްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
  | 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް  
 | 
| 
 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު މި ޢިއުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ވެލިދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. 
 | 
 އިންޓަރވިއު ކުރުން  
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މިމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ) 
 
- ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ފޮޓޯކޮޕީ
 
- ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ އެތަނެއްގެ ތައްގަނޑުޖެހި ރަސްމީ ލިޔުންތައް
 
- ވަޒީފަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
 
  | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ނ. ވެލިދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. 
 | 
 މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމަރުކަޒުގެ ފޯންނަންބަރު: 6560526 އަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. 
މިމަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.  
 | 
 އިތުރު މަޢުލޫމާތު 
 |