މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލެ ސިޓީގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަޠީބުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

 

އިޢުލާން

 

މާލެ ސިޓީގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަޠީބުންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

މާލޭ ސިޓީގައި އިމާމުވެ ހުކުރު ނަމާދު ކުރާނެ ޚަޠީބުންގެ ފެންވަރު ވަޒަންކޮށް ޚަޠީބުންގެ ދަފުތަރު އަލުން އެކުލަވާލަން މި މިނިސްޓްރީން ބޭނުންވެއެވެ. އަދި ހަމަ އެހެންމެ އަލުން ދަފުތަރު އެކުލަވާލުމުގައި އެކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކަށް މި މިނިސްޓްރީ ގެ ފަރާތުން އިމްތިހާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން މާލެ ސިޓީގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ތެރެއިން ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮންނަ ފަރާތްތައް އިސްތިސްނާވާނެއެވެ.

ވީމާ މިކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ފޯމު ހުށައެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.  

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  • ގުޅޭ ދާއިރާއެއްގެ ތައުލީމީ ސެޓްފިކެޓްގެ ކޮޕީ
  • އިމާމުވެ ހުކުރު ނަމާދު ކުރުމާއި ޢީދު ނަމާދު ކުރުމުގެ ހުއްދައިގެ ކޮޕީ
  • ދީނީ ނަސޭޙަތް ދިނުމުގެ ހުއްދައިގެ ކޮޕީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ކޮޕީ

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                                14 ޖުމާދަލްއޫލާ 1444 

                                08 ޑިސެންބަރު 2022

 

08 ޑިސެންބަރު 2022
ހޯދާ