މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޓީޗަރ ގެ މަޤާމަށް މުވައްޒަފުން ހޯދުމަށް

މަޤާމް:

ޤުރުއާން ޓީޗަރ

މަޤާމުގެ ނަންބަރު:

J-370395, J-370396

ބޭނުންވާ ޢަދަދު:

02 (ދޭއް)

 

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން.

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް އޮފިސަރ ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭ ތަން:

ނ.ވެލިދޫކައުންސިލްގެ އިދާރާ (އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓް)

މުއްދަތު:

ވަޒީފާ ހަމަޖެހެހޭ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް.

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 40.00 ރުފިޔާ.

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

 1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
 2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
 3. ކިޔަވައިދިނުމަށް ތައްޔާރުކުރަންޖެހޭ ފިލާވަޅުތައް/ ލިޔުންތައް ތައްޔާރުކުރުން
 4. ކުދިންނަށް ކިޔަވައިދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވުން.
 5. އެޓާރމެއްގައި ކިޔަވައިދެވުނު ތަކެތީގެ ތެރެއިން ކުދިންނަށް އެނގިފައިވާ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ތައްޔާރުކުރުމާއި، ރިޕޯޓްފޯރމް ތައްޔާރުކުރުން
 6. އިތުރު ހަރަކާތްތަކާއި މުނާސަބަތުތަކާއި ދުވަސްތައް އިންތިޒާމްކޮށް ރާވާ ހިންގުން.
 7.  ދަރިވަރުންގެ ކިޔެވުމާއި، އުޅުމާއި، ހެދިބޮޑުވުމާއި، އަޚްލާޤަށް އަންނަމުންދާ ބަދަލުތައް ބެލެނެވެރިންނާ ޙިއްސާކުރުމަށް، ފުރިހަމަކުރަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، ބެލެނެވެރިންނަށް އެމަޢުލޫމާތު ޙިއްސާކުރުމަށް ބާއްވަންޖެހޭ ބައްދަލުވުންތަކާއި ސެޝަންތައް ކޮންމެ ހަފްތާއަކު އެއްފަހަރު އިންތިޒާމުކޮށް ބޭއްވުން.
 8. ސިއްހީބަލިމަޑުކަމެއްގެ ސަބަބުން ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހޭ ހާލަތްތަކުގައި ގޭގައި ދަރިވަރުން މަސައްކަތްކުރުމަށް ބޭނުންވާ މަސައްކަތު ކަރުދާސް، ލިޔުންތައް، ފިލާވަޅުގެ އޯޑިއޯ،ވީޑިއޯ ތައްޔާރުކުރުން.
 9. ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން (ޓީ.ވީ، ޕްރޮޖެކްޓަރު)، ކިޔަވާދިނުމަށް ބޭނުންވާ ވީޑިއޯ، އޯޑިއޯ ނުވަތަ ޕީ.ޕީ.ޓީ ތައްޔާރުކުރުން.
 10. މިނޫންވެސް ކުދިންނަށް ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި، ޕްރީ ސްކޫލުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރުވޭ އެންމެހައި މަސައްކަތްތައް ކުރުން.
 11. ކައުންސިލް އިދާރާއިން ސްކޫލުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ ކަންތައްތައްކުރުން.
 12. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

ޤާރީކަމުގެ ސެޓްފިކެޓް ލިބިފައިވުން ނުވަތަ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކީރިތި ޤުރުޢާން ކިޔަވައިދޭން އެނގުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

1-      ޓީޗިންގް ސާވިސަސް

2-      އެޑްމިނިސްޓްރޭޝަން

3-      މެނޭޖްމެންޓް

ހުށަހަޅަންޖެހޭލިޔުންތައް:

1-   ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް (މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/downloads/15151 އަދި މިއިދާރާގެ ވެބްސައިޓުwww.velidhoo.gov.mv  އަދި އިދާރާގެ ކައުންޓަރުން) ލިބެންހުންނާނެއެވެ.

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4-    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތް ކަމަށް ، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓްފިކެޓްނެތް ހާލަތްތަކުގައި ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއުއޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

1- މަސައްކަތުގެ ތަޖުރިބާއަންގައިދޭ ތިރީގައިވާ މިންގަނޑަށްފެތޭ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ވަޒީފާއަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތްތެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާއަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައިއޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  އަސާސީ ޝަރުތު ހަމަވުން ( %30)

2-      އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5 )

3-  އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5 )

4-  އިންޓަރވިއު / އިމްތިހާން  ( %60)

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

މިވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޑިސެންބަރު 2022 ގެ 14:00 ގެ ކުރިން މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން.

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 ޑިސެންބަރު 2022 އާއި 25 ޑިސެންބަރު 2022 އާދެމެދުއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުފޮތުގެ ޝީޓް (އޭ2 ޝީޓް) އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އަދި ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

     މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ "ރެކްރޫޓްމަނޓާއިގުޅޭ އާންމު އުޞޫލުތައް (http://www.csc.gov.mv/policy/index/51) ގެ "ޚާއްސަ އޮނިގަނޑުތަކުގެ ރެކްރޫޓްމެންޓްއުޞޫލުތައް https://www.csc.gov.mv/Policy/Index/ އިން ލިބެންހުންނާނެއެވެ.

 

08 ޑިސެންބަރު 2022
ހޯދާ