ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެއިންޓެނަންސް އޮފިސަރ, އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ, ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޖެނެރަލް މެއިންޓެނަންސް އޮފިސަރ

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ނުވަތަ؛

  • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކުރުމުގެ މަސައްކަތްކުރުން
  • ކުންފުނީގައި ބާއްވާ ނުވަތަ ކުންފުނިން ރާވައިގެން ހިންގާ އެކިއެކި ބައްދަލުވުންތަކާއި ޓްރޭނިންގ އަދި ހަފްލާތަކަށް ބޭނުންވާ ކެއުމާއި ސައި އަދި ކޮފީ ހަމަޖައްސައިދިނުމުގެ މަސައްކަތްކުރުން
  • ކުންފުނީގައި ބާއްވާ ހަފްލާތަކާއި ޓްރޭނިންގތައް ހިންގުމަށް ބޭނުންވާ ގޮޑި، މޭޒު ތަރުތީބުކޮށް އިވެންޓަށް ކުރަންޖެހޭ ތައްޔާރީތައް ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން މަސައްކަތްކުރުން
  • ކުންފުނީގެ މާހައުލު ފެހިކުރުމުގެ މަސައްކަތްތައްކުރުމާއި ކުންފުންޏަށް ބޭނުންވާ ގަސްތައް ހައްދާ ބެލެހެއްޓުމުގެ މަސައްކަތްކުރުން
  • ކުންފުނީގެ ދާއިރާތަކުން އެދޭ ގޮތުގެމަތިން، މަސައްކަތުގެ މާހައުލު ޒީނަތްތެރިކުރުމަށް ބޭނުންވާ ގަސް ހަމަޖައްސައިދެއްވާ، ގަސް ބަދަލުކުރުމުގެ މަސައްކަތްކުރުން
  • ކުންފުނީގެ ދާއިރާތަކުގެ ވޯކް ސްޕޭސް އެރޭންޖް ކުރުމަށްޓަކައި ޔުނިޓުން ކުރަންޖެހޭ މަސައްކަތްކުރުން
  • ކުންފުނީގެ ފަރާތުން ކުރަންޖެހޭ މެއިންޓަނަންސް  މަސައްކަތާއި އެދި އެހެން ޑިޕާރޓްމަންޓުތަކުގެ ބޭނުމަށް ކުރަންޖެހޭ މިފަދަ މަސައްކަތައްތަކުގައި އެހީތެރިވެދިނުން
  • ހަވާލުވެ ހުންނަވާ ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ދާއިރާއިން ހިންގާ އެކިއެކި އިވެންޓްތަކުގެ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް:

-/9,020ރ އާއި -/17,000ރ ދެމެދު

 ފެންވަރު ނުވަތަ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުން

ނުވަތަ؛

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރެލް ޑްރޯ، އެޑޯބް ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރ ފަދަ އެޕްލިކޭޝަންތައް ބޭނުން ކުރަން ދަންނަ އަދި ރިޕޯޓް ރައިޓިންގ ސްކިލް ހުރިފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓް ސްޓާފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސްޕަވައިޒްކުރުން.
  • ކުންފުނިން ހިންގާ އެކިއެކި އިވެންޓްތައް އިންތިޒާމްކޮށް ރާވާ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ކުންފުނީގެ ބޭނުމަށް އެކިއެކި މުނާސަބާ އަދި ޙަފްލާތަކަށް ބޭނުންވާ ޕްރެޒެންޓޭޝަން،  ޕޯސްޓަރ އަދި ކާޑު ފަދަ ތަކެތި ހެދުމާއި ޑިޒައިންތަކަށް ކޮންސެޕްޓް، ގްރެފިކްސް އަދި ލޭއައުޓްސް ހެދުމުގައި އުފެއްދުންތެރި ކަމާއެކު މަސައްކަތްކުރުން.
  • ޑިޕާރޓްމަންޓުގެ ބޭނުމަށް ދާއިރާގެ ފަރާތުން ތައްޔާރުކުރާ އެކިއެކި އެކްޝަން ޕްލޭން، ރިޕޯޓް ފަދަ ލިޔެކިޔުންތައް ލިޔެ ތައްޔާރުކުރުން.
  • ޑިޕާޓްމަންޓުން ކުރާ އިދާރީ އެކިއެކި މަސައްކަތްތައް ކުރުން.

މަޤާމް:

ސަޕޯޓް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް:

-/8،000ރ އާއި -/10,000ރ ދެމެދު

 ފެންވަރު ނުވަތަ ޝަރުޠު:

ގްރޭޑް 07 ގެ ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުން އަދި މަސައްކަތްކުރެވޭނެ ފަދަ އުމުރާއި ސިއްހީގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން އެކި ދާއިރާ/އޮފީސްތަކަށް ފޮނުވަން ޖެހޭ ލިޔެކިއުން ހަވާލު ކުރުން.
  • ޑިޕާޓްމަންޓުތަކަށް ފޮނުވަން ޖެހޭ ލިޔެކިއުން ފޮނުވުން.
  • ކުންފުނިން ބާއްވާ އިވެންޓްތަކުގައި އިވެންޓް މާލަމްތައް ތައްޔާރުކުރުމާއި ގޮޑި މޭޒު ޖެހުމުގެ މަސައްކަތްތައް ކުރުން.
  • އަދި މީގެ އިތުރުންވެސް ދާއިރާގެ އިތުރު މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮއްދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 13 ޑިސެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

14 ޖުމާދަލްއޫލާ 1444

08 ޑިސެންބަރު 2022

08 ޑިސެންބަރު 2022
ހޯދާ