| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | ޞިއްޙީ އެހީތެރިޔާ | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުންމައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން. | 
| މަޤާމު: | 
ޙައްޖު މުސާޢިދު (ޢަރަބިބަސް ދަންނަ) | 
| ބޭނުންވާ އަދަދު: | 1 (އެކެއް) | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުންޢަރަބި ބަސް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުންމައްކާ އާއި މަދީނާގެ ޙައްޖާބެހޭ މުއައްސަސާތަކުގަ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަން ދަންނަ މީހަކު ކަމުގައިވުންމައްކާއާއި މަދީނާގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ގާބިލްކަން ހުރި މީހަކު ކަމުގައިވުން.މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން. | 
| މަޤާމު: | 
ކައްކާ | 
| ބޭނުންވާ އަދަދު: | 2 (ދޭއް) | 
| ފެންވަރު ނުވަތަ ޝަރުޠު | 
މައްކާއާއި މަދީނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.އުމުރުން 55 އަހަރުން ދަށުގެ މީހެއް ކަމުގައިވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް. | 
| ސުން ގަޑި: | 27 ނޮވެންބަރު 2014 ވާ  ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވުމަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379 މާލެ، ދިވެހިރާއްޖެ |