ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ތީމުގޭ ގްރައުންޑް ފްލޯގައި (ޕޫލް ސަރަހައްދު) ހުރި ފާޚަނާ ބަރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ތީމުގޭ ގްރައުންޑް ފްލޯގައި (ޕޫލް ސަރަހައްދު) ހުރި ފާޚަނާ ބަރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 198-F/2022/51 (29 އެޕްރީލް 2022) އިޢުލާނުގައިވާ މަސައްކަތްތައް އިތުރުވެފައިވާތީ ކުރީގެ އިޢުލާނު ބާޠިލުކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 08 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައި މިޑިޕާޓްމަންޓުގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް 13 ޑިސެމްބަރ 2022 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ގެޒެޓުގައި މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުމާދުލްއައްވަލް 1444

03 ޑިސެންބަރު 2022
ހޯދާ