ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫ ކައުންސިލް އެވޯޑް

ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ގއ. ކަނޑުހުޅުދޫއަށް ކޮށްދީފައިވާ ފަރާތްތަކާއި، އަދި 2020، 2021 ވަނަ އަހަރު ސްކޫލްތަކުން ފަޚްރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް މިވަނީ ނިންމާފައެވެ.

            މިހެން ކަމުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތްތަކުން ނަން ހުށަހެޅުމުގެ ( ނޮމިނޭޓް ކުރުމުގެ ) ފުރުޞަތުވަނީ 29 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލެވިފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ޝަރުޠުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓް ) www.kanduhulhudhoo.gov.mv (ޑައުންލޯޑް ކުރެވޭނެއެވެ. އަދި މީގެ އިތުރުން މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2022
ހޯދާ