މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގެ ބިންތަކާބެހޭ

އިއުލާނު

       

މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގެ ބިންތަކާބެހޭ

    މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހިމެނޭ ބިންތަކަކީ 25 މާރޗް 2014 އިން ފެށިގެން މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިންތަކެއްކަމާއި މި ސަރަހައްދުން ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ބިން  ދޫކުރުމުގެ އިޚްތިޔާރު މިވަގުތު އޮތީ މި މިނިސްޓްރީއަށް ކަމުގައި ދަންނަވަމެވެ. އަދި މިސަރަޙައްދުގައި ހިމެނޭ ބައެއް ބިންތަކަކީ ތިލަ-މާލެ ބުރިޖްގެ މަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ބިންތަކެއް ކަމުގައިވެސް ދަންނަވަމެވެ

    އެހެންކަމުން، މި މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާއެކު މިސަރަހައްހަދުގައި ހިމެނޭ ބިމެއްގެ މުޢަމަލާތެއް ކޮށް، އެއްވެސް ފަރާތަކުން މަސައްކަތެއް ކުރިއަށް ގެންދާނަމަ އެމަސައްކަތެއް ހުއްޓާލުމަށް ދަންނަވަމެވެ. އެފަދައިން މި ސަރަހައްދުގައި ހިމެނޭ ބިމެއް މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާއެކު މުޢާމަލާތެއް ކޮށްފައިވާ ފަރާތެއް ވާނަމަ މި މިނިސްޓްރީއަށް އެމުޢާމަލާތަކާ ގުޅޭ  މަޢުލޫމާތާއި ކަމާގުޅޭ ލިޔެޔުންތައް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މި ސަރަހައްދުގައި މި މިނިސްޓްރީގެ ހުއްދަނެތި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ލިބިދާނެ މާލީ ނުވަތަ އެނޫންވެސް ގެއްލުމަކަށް ނުވަތަ ދައްޗަކަށް މިނިސްޓްރީން ޒިންމާ ނުވާނެވާހަކަވެސް ދެންނެވީމެވެ. އަދި ހަމައެހެންމެ ދިވެހި ދައުލަތުގެ ބިން ބޭނުންކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ސަމާލުކަންދިނުމަށް ދައުލަތުގެ އެންމެހާ މުއައްސަސާ/އިދާރާތަކަށާއި، ފަރުދުންނާއި ޖަމިއްޔާ/ޖަމާއަތްތަކަށް އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

     ______________

    01  ޑިސެމްބަރ  2022

01 ޑިސެންބަރު 2022
ހޯދާ